ބުދަ ދުވަހުގެ އިރުއޮއްސުނު ތަނާހެން ގެއްލިގެން، ޚަބަރެއް ނުވުމުގެ ސަބަބުން ޢާއިލާގެ ފަރާތުން އެދިގެން ފުލުހުން ހޯދަމުންދާ ޢާއިޝާ ބިންތް މަޙްމޫދު ރިޔާޟް ނަމަކަށް ކިޔާ ޢުމުރުން 12 އަހަރުގެ ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ރ. މާކުރަތު / ގަހާކޯޅި، ޢާއިޝާ ބިންތް މަޙްމޫދު ރިޔާޟް (12އ) ގެއްލިގެން އޮގަސްޓް 10 ވަނަ ދުވަހުގެ 00:58 އެހައިކަންހާއިރު އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ، އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް، މިއަދު (ބުރާސްފަތި ދުވަހު) ފެނިފައިވާ ކަމަށެވެ.

"މިއަދު 13:44 އެހައިކަންހާއިރު މާލެ އިން ކުއްޖާވަނީ ފެނިފައި. ކުއްޖާގެ ހާލު ރަނގަޅު،" ފުލުހުން ބުނެފައިވެއެވެ.