ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ޚާއްސަކޮށްގެން ސިއްހީ ޚިދުމަތް ފޯރުކޮށްދޭން އުފައްދާފައި ވާ ނޫސަންދަ ކްލިނިކްގެ ޚިދުމަތް އައްޑޫ ސިޓީގައި ތައާރަފްކޮށްފިއެވެ.

ނޫސަންދަ އައްޑޫގެ ނަމުގައި ނޫސަންދަ ޚިދުމަތް ފަށާފައިވަނީ އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައެވެ.

ފުލުހުން ބުނީ، ނޫސަންދައިގެ ޚިދުމަތް އައްޑޫ ސިޓީގައި ފަށައިގަންނައިރު، ހަމައެކަނި ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ހުޅުވާލިކަމުގައި ވީ ނަމަވެސް، މުސްތަގުބަލުގައި އެ ޚިދުމަތް އާންމުންނަށް ވެސް ހުޅުވާލާނޭ ކަމަށެވެ.

ނޫސަންދަ އައްޑޫ ކްލިނިކުން މިހާރު ޚިދުމަތް ފޯރުކޮށްދޭނީ، ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކާއި ފުލުހުންގެ ބަންދުގައި ތިބޭ މީހުންނަށް އެކަންޏެވެ.