އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި ދިވެހި ފުލުހުންގެ 35 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމާލައިފިއެވެ.

ފުލުހުންގެ 35 ވަނަ "އިނީޝިއަލް ޓްރެއިނިންގ" ކޯހުން އެއްވަނަ ހޯދައި ކޮމިޝަނާރސް އެކްސަލަންސް އެވޯޑް ހާސިލްކޮށްފައިވަނީ ތ. ދިޔަމިގިނލި/ދުވެލި ކޮންސްޓަބަލް ރިޝްވާން އިބްރާޙިމްއެވެ.

މިދިޔަ މާރިޗުމަހުގެ 12 ވަނަ ދުވަހުން ފެށިގެން ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯހަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދިޔަ ކޯހެކެވެ.

ކޯހުސް ނިންމައި ވަނަތައް ހާސިލްކުރި ފުލުހުންނަށް ހަނދާނީ ފިލައާއި ލިޔުން ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމެވެ.

ކޯހުން ދެވަނަ ހާސިލްކޮށްފައިވަނީ ހއ ވަށަފަރު/ފަހާގޭ ކޮންސްޓަބަލް މުސާއިދު މުޙައްމަދެވެ. ތިންވަނަ ހާޝިލް ކުރީ ތ. ގުރައިދޫ އޮނުތޫރި ކޮންސްޓަބަލް އަލީ ސިމާހުއެވެ. މި ކޯހުން އެންމެ މޮޅު ސްކްޑަކަށް ހޮވުނީ އައިނީލާ ސްކޮޑެވެ.

އައްޑޫ ސިޓީގައި ކުރިއަށް ގެންދި ތަމްރީނު ތަކުގައި 48 އަންހެން ބައިވެރިންނާއި 172 ފިރިހެން ބައިވެރިންނާއެ ޖުމުލަ 192 ބައިވެރިން ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވެއެވެ.

މި ކޯހަކީ ޔުނިވާސިޓީ ޕްރޕަރޭޝަން ޕޮރޮގްރާމެއްގެ ގޮތުގައި ފާސްކުރެވިފައިވާ ތަމްރީނު ޕޮރޮގްރާމެކެވެ. ޒަމާނީ ގޮންޖެހުންތަކާއި އެކު ރައްޔިތުންނަށް އެންމެ އެކަށޭނަ ޚިދުމަތެއް ފޯރުކޮށް ދެވޭނެ، ފުލުހުންނަށް ރައްޔިތުން ކުރާ އިތުބާރާއި ޔަޤީންކަން ދެމެހެއްޓަނިވި ޝަޚްޞިއްޔަތުތަކެއް ބިނާކުރުމަށް ބޭނުންވާ އެންމެހާ ބައިތައް މިކޯހުގެ ތެރޭގައި ވަނީ ކިޔަވައިދެއްވާފައެވެ.