ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނާއިބް ރައީސް އިވާ އަބްދުﷲ އަށް މީސްމީޑިއާގައި ބިރު ދައްކާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

އީވާ މީގެ ކުރީން ވަނީ، އޭނާގެ ދަރިފުޅުގެ ފޮޓޯއެއް ޓްވިޓަރގައި ބޭނުންކޮށްގެން ޓްވިޓަރ (އެކްސް)ގައި ބިރުދެއްކުމުގެ އަމަލުތަކެއް ހިންގި މީހެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ، މަޖިލީހުގެ ނާއިބް ރައީސް އިވާ އަބްދުﷲއަށް ބިރު ދައްކާކަމުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުން އަންގާރަ ދުވަހުގެ ރޭ 22:34ގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިވާއަށް ބިރު ދެއްކި މައްސަލާގައި މީހަކު ހައްޔަރުކުރި ނަމަވެސް އެމީހާގެ އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.