ހުރިހާކަމަކަށްވުރެ ބޮޑަށް ޤައުމު އިސްކުރުމަށާއި، ޤައުމު ކުރިއެރުވުން އެންމެ މުހިންމު ކަމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް ގޮވާލައްވައިފިއެވެ.

މިއަހަރުގެ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒު ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ، ޤައުމުގެ ތަރައްޤީ ހާޞިލުކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށްވެސް އެމަނިކުފާނު ބާރުއެޅުއްވެވިއެވެ.

މީގެ ތިރުން އެމަނިކުފާނު ވިދާޅުވީ، އިޤްތިޞާދީ ބޮޑު ބަދަލަކަށް ވިސްނުންނެރެ، މަސައްކަތުގެ މައިދާނުގައި އުޅޭބައެއްގެ ގޮތުގައި ރައްޔިތުން ވާންޖެހޭކަމަށެވެ.

މި ޖަލްސާގައި ފައިސަލް ވަނީ، އަންހެނުން ބާރުވެރިކުރުމަށާއި އަންހެނުން މުޖުތަމަޢުގެ ހަމަޖެހުމާ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ.