ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިހާރު ށ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ރިޔާސީ ކެމްޕޭން ލޯންޗުކުރުމުގެ ދަތުރުފުޅުގެ ތެރޭން އެ އަތޮޅު ފޯކައިދުއަށް ވަޑައިގެން އެރަށުގައި ސަރުކާރުން ކުރިއަށް ގެންދާ ބައެއް މަޝްރޫއުތައް އިފްތިތާޙުކޮށްދެއްވައިފިއެވެ.

އާދީއްތަ ދުވަހު ރައީސް އިބްރާޙީމް ފޯކައިދުއަށް ވަޑައިގެން އެރަށު، ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި، އެރަށުގެ ބަނދަރު ހުޅުއްވައިދެއްވާފައެވެ. އަދި އެއަށްފަހު އެމަނިކުފާނު ވަނީ ފޯކައިދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި އެރަށު ފުޓުބޯޅަދަނޑު ހުޅުއްވައިދެއްވައިފައެވެ.

ފޯކައިދޫ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިމި ޚިދުމަތްދޭން ފަށާފައި ވާއިރު، ފޯކައިދޫ ބަނދަރު އަޕްގްރޭޑްކުރުުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ އެމްޓީސީސީއިންނެވެ. މީގެ އިތުރުން ވެސް ފޯކައިދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއެކު ސޯލަރ ހަރުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ކުރިޔަށްގެންގޮސްފައެވެ.