މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫގައި ސަރުކާރުން މި ސަރުކާރުން ތަރައްގީކުރި ފުޓްބޯޅަ ދަނޑު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ހުޅުއްވައިދެއްވައިފިއެވެ.

ފޯކައިދޫގައި ސަރުކާރުން ޓާރފް އަޅައިގެން ފުޓްބޯޅަ ދަނޑެއް ތަރައްގީކުރާން ފެށީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. ދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވީ، ރައީސް އިބްރާހީމް މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕޭން ދަތުރުފުޅުގެ ތެރޭންނެވެ.

އާދީއްތަ ދުވަހު ފޯކައިދުއަށް ވަޑައިގެން ރައީސް ވަނީ، އެރަށުގައި ސަރުކާރުން ކުރިއަށް ގެންދާ އިތުރު މަޝްރޫއުތައްވެސް އިފްތިތާޙް ކޮށްދެއްވައިފައެވެ. އެގޮތުން، ފޯކައިދޫ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙުކޮށް، އެރަށުގެ ބަނދަރު ހުޅުއްވައިދެއްވިއެވެ. އަދި ފޯކައިދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތްވެސް ހުޅުއްވައިދެއްވައިފައެވެ.