ރ. ދުވާފަރު ކައުންސިލަރުންނާއި ކައުންސިލްގެ ބައެއް މުވައްޒަފުން ހިމެނޭގޮތަށް ކުރެވުނު ބޮޑު ޚިޔާނާތުގެ މައްސަލައިގައި އެފަރާތްތަކަށް ނަސޭހަތްދީ، އެއްބަސްވުމެއް ހަދައި މައްސަލަ ނިންމާލަން ޕްރޮސިކިއުޓަރ ޖެނެރަލް ގެ އޮފީހުން ނިންމައިފިއެވެ.

ދުވާފަރު ކައުންސިލްގެ ޚިޔާނާތުގެ މައްސަލަ ބަލައި، ތަހުގީގުކޮށް އެފަރާތްތަކުގެ މައްޗަށް ދައުވާކުރާން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ މިދިޔަ މާރޗް 2 ވަނަ ދުވަހު، ޕީޖީއަށް ހުށަހަޅައިފައެވެ. ނަމަވެސް، ދައުވާ ކުރުމުގެ ބަދަލުގައި ޕީޖީން ނިންމާފައި ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ނަސޭހަތުގެ އެއްބަސްވުމެއް ހަދައި، އެފަރާތްތަކުގެ މައްޗަށް ދައުވާ ނުކޮށް މައްސަލަ ނިންމާށެވެ.

ދުވާފަރު ކައުންސިލްގެ ކޮރަޕްޝަންގެ ފައިސާއާ ގުޅޭ ގޮތުން އެލްޖީއޭއިން ހެދި ރިޕޯޓުގައި އެ ފައިސާ ބެހިފައިވާ ގޮތް:

އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލީފުޅަށް 711،617 ރުފިޔާ.

ކައުންސިލް މެންބަރު މުޙައްމަދު ޝާމަށް 447،837 ރުފިޔާ

ކައުންސިލުގެ ނައިބު ރައީސް އިޒްމީލް އަޙްމަދަށް 237،548 ރުފިޔާ

ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދަށް 252،048 ރުފިޔާ

ކައުންސިލް މެންބަރު ޒުހުދާ އާދަމަށް 181،666 ރުފިޔާ

ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހަށް 165،200 ރުފިޔާ،

ކައުންސިލް މެންބަރު އަޙްމަދު ސަމޫހަށް 128،696 ރުފިޔާ، އަދި

ކައުންސިލް މެންބަރު އައިމިނަތް ސަލާހަށް 119،535 ރުފިޔާ.