ތުރުކީ އިން ރާއްޖެއަށް ދޭ ސްކޮލަޝިޕްގެ 30 ފުރުސަތަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މި ސްކޮލަޝިޕް ފުރުސަތުގެ ތެރޭގައި ހިމެނެނީ އެކިއެކި ދާއިރާތަކުން 15 ބެޗްލާސް ޑިގްރީ އާއި 10 މާސްޓާސް ޑިގްރީ އާއި 5 ޑޮކްޓޯރަލް ޑިގްރީގެ ފުރުސަތެވެ.

މި ސްކޮލަޝިޕްތަކަށް ނޮމިނޭޓްކުރުމުގައި ފުރަތަމަ އިސްކަންދޭނީ "ޓްރޭނިންގ ނީޑްސް" ލިސްޓްގައި ހިމެނިފައިވާ ދާއިރާތަކުގެ ކޯސްތަކަށް އެދިފައިވާ ފަރާތްތަކަށް މިނިސްޓްރީން ބުނެއެވެ. އަދި ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މި ސްކޮލަޝިޕްގެ ދަށުން ޓިއުޝަން ފީ، މެޑިކަލް އިންޝުރެންސް، ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އަދި ސްޓައިޕެންޑް ކޯސް އިންތިޒާމް ކުރާ ފަރާތުން ހަމަޖައްސައިދޭނެއެވެ.

ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.