ސިވިލް ސަރވިސް ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ހުޅުވާލާފައިވަނީ އެ މަގާމުގައި ހުންނެވި ފާތިމަތު އާމިރާގެ މަގާމުގެ މުއްދަތު ހަމަވުމުންނެވެ.

ރައީސް އޮފީހުން ބުނީ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދިވަޑައިގަންނަވާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 18 އަދި 19 ވަނަ ދުވަހުކަމަށެވެ. ފޯމު ބަލައިގަންނާނީ ހެނދުނު 09:30 އިން މެންދުރު 12:30އަށްކަމަށް ރައީސް އޮފީހުން ބުނެއެވެ. މަގާމަށް އެދި ކުރިމަތިލާ ފޯމް ރައީސް އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.