ރާއްޖޭގެ ސްކޫލުތަކުގެ ދިރާސީ އާ އަހަރު ފެށުން، އަނެއްކާވެސް ކުރިއެކޭ އެއްގޮތަށް ޖެނުއަރީއަށް ބަދަލުކުރުމަށް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނިންމައިފިއެވެ. ނަމަވެސް، އެގޮަށް ބަދަލުކުރާނީ 2025 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެންނެވެ. 

ކޮވިޑް19އާ ގުޅިގެން، 2021 ވަނަ އަހަރުން ފެށިގެން، ކުރީގެ ސަރުކާރުން ވަނީ، ޖޫން/ޖުލައިގައި ދޭ ބޮޑު ޗުއްޓީއަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން އޯގަސްޓްގައި ފަށާގޮތަށް ބަދަލުކޮށްފައެވެ. ނަމަވެސް، މިއީ ބެލެނިވެރީން އެންމެ އެދޭގޮތް ކަމަކަށް ނުވިއެވެ.

2025ން ފެށިގެން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން ޖެނުއަރީއަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި--

 

ދިރާސީ އާއަހަރު ޖެނުއަރީއަށް ބަދަލުކުރުމަކީ، ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދެެކެވެ. މިހާރު އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވައި ހޯމަ ދުވަހު ދެއްކެވި ވާހަކަފުޅުގައި ވަނީ، 2025ގެ ޖެނުއަރީން ފެށިގެން މި ބަދަލު ގެންނަވާނޭކަން ހާމަކުރައްވައިފައެވެ. 

އާ ބަދަލާއެކު، ކުރިއަށް އޮތް 2024ގެ ބޮޑު ޗުއްޓީއަށް ވާނީ އަނެއްކާވެސް ރާއްޖޭގައި ޒަމާނުއްސުރެ މި ޗުއްޓީއަށް ސްކޫލްތައް ބަންދުކުރަމުން އައި އަހަރުގެ ފަހުކޮޅާއި އަދި އާ އަހަރުގެ ފުރަތަމަ ދުވަސްވަރެވެ.