މާލެސިޓީއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި އަސްކަރިއްޔާއިން ފެންހިއްކުމުގެ މަސައްކަތްކޮށްފިއެވެ. 

މާލެ ސިޓީގައި ފެން ބޮޑުވުމާ ގުޅިގެން ފެންހިއްކުން އަވަސްކުރުމަށް އެހީތެރިވުމުގެ ގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ވަނީ ހުކުރު ދުވަހު މެންދުރު ކުރީ، ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގައި ޚަރަކާތްތެރިވެފައެވެ. 

އެމްއެންޑިއެފުން ބުނީ، މިހާރު ކުރަމުންދާ ވިއްސާރައިގައި، މާލެ ސިޓީއަށް ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ދަނީ ހުކުރު ދުވަހުގެ ހެނދުނު 9:40 ހާއިރުން ފެށިގެން އައިޖީއެމް ހޮސްޕިޓަލް ސަރަހައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.

ދާދިފަހުން އަދުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، އަދުގެ ސަރުކާރުން ސަރުކާރުގެ މަގުހަދާ ކުންފުނި "އާރްޑީސީ"އާ ޙަވާލުކޮށްގެން ވަރަށް މަތީ ފެންވަރެއްގައި ތަރައްގީކޮށްފައިވާ އަމީނީ މަގުގައިވެސް ވަނީ ފެންބޮޑުވެ، ޕަމްޕުޖަހައިގެން ފެންހިއްކާން ޖެހިފައެވެ.