ސައުދީ ޢަރަބިއްޔާގެ ރަސްގެފާނު، އަދި މާތްވެގެންވާ ދެ ޙަރަމްގެ ޚާދިމް ސަލްމާން ބިން އަބްދުލް އަޒީޒާއި، ސަޢުދީ ވަލީއަޙްދު މުހައްމަދު ބިން ސަލްމާނާއި، ދިވެހިރާއްޖޭގައި ހުންނަވާ ސައުދީ ސަފީރު މެޓްރިކް އަލް ދޮސާރީ، ދިވެހިރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވައިފިއެވެ.

ސަޢުދީ ރަސްގެފާނާއި ވަލީއަހުދުގެ ނަންފުޅުގައި ޑރ. މުއިއްޒަށް މަރުހަބާ އާއި ތަހުނިޔާ ދަންނަވާފައިވަނީ، ސަޢުދީ ސަރުކާރުގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކޮށެވެ. މީގެ އިތުުރުން ދިވެހިރާއްޖޭގައި ހުންނަވާ ސައުދީ ސަފީރު މެޓްރިކް އަލް ދޮސާރީވެސް ވަނީ، އޭނާގެ އެކްސް ޕޯސްޓެއްގައި ޑރ. މުއިއްޒަށް މަރުހަބާ ދަންނަވައިފައެވެ. 

ދޮސާރީ ވިދާޅުވީ،ޑރ. މުއިއްޒަށް މަރުހަބާ ދެންނެވުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށާއި، އަދި ޑރ. މުޢިއްޒާ ޙަވާލުވި މަޤާމުގެ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމުގެ ތައުފީގު، މާﷲ ޑރ. މުއިއްޒަށް ދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން، ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދުގައި އޮތް ގާތް ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެގެން ދާނޭކަން އޭނާ ފާހަގަކުރައްވާފައި ވެއެވެ.