މިއަދު ކުރިއަށް ގެންދާ ރާއްޖޭގެ ރިޔާސީ އިންތިޚާުބުގެ ވޯޓުލުމާއި، ވޯޓު ގުނުން މިހާރު ކުރިއަށްދާއިރު، ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ޢާންމު ހާލަތު ރަނގަޅުކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، "ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ޥޯޓު ގުނުން ކުރިއަށްދަނީ. ހުރިހާ ސަރަހައްދެއްގެ އާންމު ހާލަތު ރަނގަޅު،" ރަނގަޅު ކަމަށެވެ. 

މީގެ އިތުރުން، "ވޯޓާއި ގުޅިގެން މިހާތަނަށް ޖުމްލަ 7 މީހަކު ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވޭ. ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 6 މީހުން ވަނީ ދޫކޮށްލާފައި." ކަމަށް ފުލުހުން ބުނެއެވެ.

އަދި "މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ ވޯޓު ކަރުދާސް ދެއްކުމާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއް،" ކަމަށްވެސް ފުލުހުން ބުންޏެވެ.