ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ތާޢީދު ކުރެއްވުމަށް ނިންމަވައި، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ރައީސް އަޙްމަދު ޝިހާމް މުޢިއްޒުގެ ކެމްޕޭނާ ގުޅިވަޑައިގެންފިއެވެ.

ޝިހާމަކީ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމު)ގެ ކުރީގެ ރައީސް ވެސްމެއެވެ. އަދި ޓީމުގެ މިހާރުގެ ވެސް ހިންގާ ކޮމިޓީގެ މެންބަރެކެވެ.

ޝިހާމް ވިދާޅުވީ، "ދިވެހި ގައުމު މިދަނީ އަތުން ބީވެގެން،" ކަމަށާއި "ދިވެހި ވަންތަ ޖީލެއް އަތުން ދޫވެގެން" ހިނގައްޖެ ކަމަށެވެ. އެހެންކަމުން "ޑރ. މުއިއްޒު ނޫންގޮތެއް ނެތް،" ކަމަށް އޭނާ ވިދާޅުވިއެވެ.