މިފަހަރުގެ ރިޔާސީ އިންތިޚާބު ފަސޭހަކަމާއެކު އެއްބުރުން ކާމިޔާބު ކުރެވޭނޭ ކަމަށާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ވަކިބަޔަކަށް ހިލޭ އަގުބޮޑު ބިންތަކެއް ބަހާލި، މާލޭގެ ގިނަ ރައްޔިތުންގެވެސް ތިބީ ޑރ. މުޙައްމަދު މުޢިއްޒަށް ވޯޓުދޭން ކެތްމަދުވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު، އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި އެކްސްއެއްގައި ވިދާޅުވީ، "ޑރ. މުޢިއްޒުގެ ތަޞައްވުރު މާލޭގެ ގޯތިތަކާ ގޭގޭގެ ސިޓިންގރޫމްތަކަށް،" ބަހަމުންދާއިރު "ރައްޔިތުން އެދޭ އަމާޒަށް ވާސިލްވުމަށް ރައްޔިތުން ތިބީ، ޑރ. މުޢިއްޒަށް ވޯޓްދޭން ކެތްމަދުވެފައި،" ކަމަށެވެ.

"އިންޝާﷲ. އެއް ބުރުން މިކަން އެބަ ނިމޭ ފުރަތަމަ ބުރުން،" ޝިޔާމް ވިދާޅުވިއެވެ.