އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޙުސެއިން އަރުސަލާން އާއި ތޮއްޑޫ ކައުންސިލްގެ ދެ މެންބަރަކު ދަ ޑިމޮކްރެޓްސްއާ ގުޅިއްޖެއެވެ.

ދަ ޑިމޮކްރެޓްސްއާ ގުޅުނު ތޮއްޑޫ ކައުންސިލްގެ ދެ މެންބަރުންނަކީ، ކައުންސިލް މެންބަރު އަލީ އާދަމް އާއި ޢާއިޝަތު ޖުނެއިދާއެވެ. މިފަރާތްތައް ވަނީ، ޑިމޮކްރެޓްސްއާ ގުޅުމަށް އެދި އެކަމަށް އެދޭ ފޯމު، ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ދެބޭފުޅުންނާ ހަވާލުކޮށްފައެވެ.

ރަސްދޫއިން ޑިމޮކްރެޓްސްއާ ގުޅުނު އެމްޑިޕީގެ ބައެއް މެންބަރުން-- ފޮޓޯ: ދަ ޑިމޮކްރެޓްސް

 

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް މިހާރު އަރިއަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރޭން، އެ އަތޮޅުގެ ގިނަ ބަޔަކާ ބައްދަލުކޮށް، އޭނާގެ ރިޔާސީ މެނިފެސްޓޯ އިއްވަމުން ދާއިރު، ކުރީން އެމްޑީޕީގައި ތިބި ގިނ މެންބަރުންތަކެއް ދަނީ، ޑިމޮކްރެޓްސްއާ ގުޅެމުންނެވެ.