ކުރިން އެމްޑީޕީގައި ތިބި އއ. ރަސްދޫއަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ މެންބަރުން އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްއާ ގުޅެމުން އެބަދެއެވެ.

ދަ ޑިމޮކްރެޓްސްގެ އޮފިޝަލަކު "އަސްލުނިއުސް"އަށް ވިދާޅުވީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު މިހާރު އަރިއަތޮޅަށް ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕޭން ދަތުރުފުޅުގެ ތެރޭން، ރަސްދުއަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ އެމްޑީޕީ މެންބަރުން ދަ ޑިމޮކްރެޓްސްއާ ގުޅުމަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން މީގެ 18 އަހަރު ކުރީން އުފަންކުރި އެމްޑީޕީ ދެބައިވެ، އަލަށް އުފެދުނު ދަ ޑިމޮކްރެޓްސްއަށް ގިނަ ބައެއްގެ ތާއީދު އޮތްކަން ކެމްޕޭން ދަތުރުތަކުން ފެންނަ މަންޒަރުތަކުން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ.

އަރިއަތޮޅުން ޑިމޮކްރެޓްސްއާ ގުޅުނު މެމްބަރުންގެ ތެރޭގައި، އއ. އަތޮޅު ކައުންސިލް ރައީސް ޙުސެއިން އަރުސަލާން އާއި ތޮއްޑޫ ކައުންސިލްގެ މެމްބަރުން އަލީ އާދަމް އަދި އައިސަތު ޖުނެއިދާވެސް ހިމެނެއެވެ.