މިވަގުތު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ބަޔަކު ތޮއްޖައްސާފައިވާ، ރާއްޖޭގެ ވެރިރަށް މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ވާހަކައެވެ. އެގޮތުން، ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައިވާ މި ދަނޑިވަޅުގެ ބޭނުން ހިފައި، ގާނޫނުއަސާސީން ދިވެހިރައްޔިތުންނަށް ކަށަވަރުކޮށްދޭ ހަމަހަމަ ކަމުގެ ހައްގުވެސް ނިގުޅައިގަނެ، ސަރުކާރުން ވަނީ މާލޭގެ ރައްޔިތުންގެ ތެރޭން ވަކި ޝަރުތުތަކެއް ހަމަވާ މަދުބަޔަކަށް ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުހިމެނޭހެން، ސަރަހައްދުގެ ކަނޑުފަޅުތައް ހިމެނޭގޮތަށް ގޯތިތަކެއް ދޫކޮށްފައެވެ. އެތަންތަން އާބާދުކުރާނޭ ގޮތާއި، އެކަމަށް ހޭދަވާނޭ ޚަރަދަކަށް ބެލުމެއް ނެތިއެވެ. މާލޭގެ ގިނަ ބަޔަކު ތިބީ ވަރަށް ނާއިންސާފުން ބިންތަކެއް ބަހައިލި މައްސަލައިގައި ސަރުކާރާވަރަށް ނުރުހިފައެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންގެ ތެރޭން ހުރިހާ ކެންޑިޑިޑޭޓުންހެން މިކަމާ އެބައުޅުއްވައެވެ. އެހެނަސް ހައްލު ބުނެއެއް ނުދެއެވެ. ނަމަވެސް ކެންޑިޑޭޓް ނަންބަރު 7 ކިޔައިދެއްވަނީ، ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއްގެނެވޭނެ، ހަގީގީ ޕްލޭނެއްގެ ވާހަކައެވެ.

ދަ ޑިމޮކްރެޓްސްގެ "ވެށިފަހި މާލެ ޢަބުރުވެރި ޙަޔާތެއް"، ބޯހިޔާވަހިކަމުގެ ސިޔާސަތު މިވަނީ ރާޅުގަނޑު ސަރަހައްދުގައި އާދީއްތަ ދުވަހުގެ ރޭ އިފްތިތާހުކޮށްފައެވެ. އެގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ކިޔައިދެއްވީ، މާލެއަށް ޖެހިފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް މާލޭން، ހަގީގީ ހައްލެއް ހޯދައިދެވޭނޭ ގޮތެވެ.

އިލްޔާސް ފާހަގަކުރެއްވި ގޮތުގައި މާލޭގައި ބޯހިޔާވަހިކަމަށް ޖެހިފައިވާ 16193 ޢާއިލާއެއް ދިރިއުޅެމުން އަންނަނީ، 100 އަކަފޫޓުން ފެށިގެން ގޮސް 600 އަކަފޫޓަށްވުރެ ކުދި ތަންތަންކޮޅުގައެވެ.  

"ބެޗުބެޗަށް ނިދައިގެން ޑިއުޓީބަހައިގެން ނިދައިގެން، ނިދޭނެ ގޮތެއް ނެތިގެން ގޮނޑިގޮނޑީގައި ނިދައިގެން އެބައުޅޭ. އެތަންކޮޅުގައި ކައްކައިގެން ކައިބޮއި ހަދާ އެތައް އާއިލާއެއް އެބައޮތް،" އޭނާ ވިދާޅުވިއެވެ.

މާލޭން ގޯތި ދެވޭނޭ ތަންކޮޅަކަށް މިވަގުތު އޮތީ، ރައީސް ޔާމީންގެ ސަރުކާރުން ހިއްކާފައި އޮތް ހުޅުމާލެ ދެވަނަ ފިޔަވައްސެވެ. އެހެންކަމުން ދިވެހި ގައުމު 110 ބިލިއަން ރުފިޔާގެ ބިޔަ ބޮޑު ދަރަންޏެއްގެ ތެރޭގައި އޮތް އިރު، މާލެ ވަށައިގެންވާ ކަނޑުފަޅު ހިއްކިއެއްކަމަކު މައްސަލަށް ދާއިމީ ހައްލެއް ނުލިބޭނެއެވެ. އެހެނީ، މި ސަރުކާރުން ގޯތި ދޫކޮށްފައިވާ ގުޅީފަޅުން ހިއްކާން ޖެހޭބައި، ނިންމާވެސް 2.2 ބިލިއަން ރުފިޔާ ޚަރަދުވެއެވެ. އަދި ގިރާވަރު ފަޅުން ހިއްކާ ބަޔަށް 800 މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ބޮޑު ހޭދައެއްކުރާން ޖެހޭނެއެވެ. އެއީ ހަމަ އެކަނި ހިއްކުމުގެ ޚަރަދެވެ. އަދި އެތަންތަން އާބާދުކުރުމުގެ ވާހަކަ ވީހިސާބެއް ނޭނގެއެވެ.

އިލްޔާސް ވިދާޅުވީ، "ފަރުދީ ތަނަވަސްކަން އެއީ އެންމެ ބޮޑު އެއްކަންތައް. އެއާ ގުޅިގެން ޢަބުރުވެރި ޙަޔާތެއް ބިނާކުރުމުގައި އެންމެ ބޮޑު ކަމަކަށް ދިމާވެފައި އޮތީ ބޯހިޔާވަހިކަމުގެ މައްސަލަ،" ކަމަށެވެ. އަދި "މި މައްސަލަ ހައްލުކުރުމަށް އަޅުގަނޑުމެން އެކިއެކި ވިސްނުންތައް ނެރެ، އެ ވިސްނުންތަކުގެ މައްޗަށް ސިޔާސަތުތަކެއް މި އެކުލަވައިލަނީ،" ކަމަށެވެ.

މާލޭ ރައްޔިތުންނަށް އިލްޔާސްގެ ތަސައްވުރު:

އިލްޠާސް ވިދާޅުވީ، " މާލޭގެ ހުރި ބިންތައް ބޭނުންކޮށްގެން، މާލޭގެ ހުރި ވަސީލަތްތައް ބޭނުންކޮށްގެން، މީގެ މަންފާ މި މާލޭގެ ރައްޔިތުންނަށް ލިބޭނޭ ގޮތްތައް ހޯދުމަކީ އަޅުގަނޑުމެން ކުރާން ޖެހޭނޭކަމެއް،" ކަމަށެވެ. އެގޮތުން:

  • މާލޭގައި ހުރި ކޮށިތަކުގެ ތެރޭން (ހުސްބިންތައް)، 111، 351، 355، 356، 366، މި ބްލޮކްތަކުގައި އަޅަނީ 15 ބުރީގެ ކޮންޑޮމީނިއަމްތަކެއް.
  • މިއީ ޖުމްލަ 202،684 އަކަފޫޓު ބިން.
  • މިތަނުގައި 2 ކޮޓަރީގެ 1،581 ޔުނިޓާއި އަދި 3 ކޮޓަރީގެ 767 ޔުނިޓް ހިމެނޭހެން ޖުމްލަ 2،347 އެޕާޓްމަންޓް އެޅޭނެ.
  • މިތަންތަނުގައި 2516 ޢާއިލާއަކަށް ދިރިއުޅެވޭނޭ 2 ކޮޓަރި 3 ކޮންޓަރީގެ ކޮންޑޮމީނިއަމް އެޕާޓްމަންޓް ފުލްފުލެޖް އެޕާޓްމަންޓްތަކެއް ދެވޭނެ.
  • ކޮންމެ ކޮންޑޮމީނިއަމެއްގެ 3 ފްލޯ ޚާއްސަކުރާނީ ޕާކިންގ އަށާއި އެހެނިހެން ޚިދުމަތްތަކަށް.
  • ފުރަތަމަ 18 މަސް ދުވަސްތެރޭ، 2516 އެޕާޓްމަންޓް، 2 އަހަރަށް ދާއިރު 7663 އަދި
  • ފަސް އަހަރު ނިމޭއިރު، 25000 އެޕާޓްމަންޓް ރައްޔިތުންނަށް ފޯރުކޮށްދޭނެ.
  • މިއީ ޖުމްލަ 202،684 އަކަފޫޓު ބިމުގެ ޖާގަ.
  • މިތަނުގައި، 2 ކޮޓަރީގެ 1،581 ޔުނިޓާއި އަދި 3 ކޮޓަރީގެ 767 ޔުނިޓް ހިމެނޭހެން ޖުމްލަ 2،347 ޔުނިޓް އިމާރާތްކުރެވޭނެ.

އިލްޔާސް ވިދާޅުވީ، "މިއުޅެނީކީ އާދައިގެ ކޮތަރުކޮށިތަކެއް ހަދާކަށެއް ނޫން،" ކަމަށެވެ. "ޢަބުރުވެރި ދިރިއުޅުމެއް އުޅެވޭނޭ ކޮންޑޮމީނިއަމްތަކެއް ހަދާން މިއުޅެނީ،" މިކަމަށް ހިނގާނީ ގާތްގަނޑަކަށް 3.8 ބިލިއަން ރުފިޔާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވިއެވެ.

ޑިމޮކްރެޓުންގެ ވެރިކަމެއްގެ 5 އަހަރު ނިމޭއިރު، 25،000 ރައްޔިތުންނަށް ސީދާ މާލޭން ޢަބުރުވެރި ދިރިއުޅުމެއް އުޅެވޭފަދަ ބޯހިޔާވަހިކަމެއް ފޯރުކޮށްދޭއިރު، 15 ބުރީގެ އެ ކޮންޑޮމީނިއަމްތަކާއެކު، އެ ސަރަހައްދުގެ މަގުތައްވެސް ރީޑިޒައިން ކުރެވި، ޕާކިންތަކާއެކު، ކޮންމެ ކޮންޑޮމީނިއަމެއްގައި ދިރިއުޅޭނޭ ކަމަށް ލަފާކުރާ، 500 ވަރަކަށް ޢާއިލާއަށް ބޭނުންވާނޭ، ޒަމާނީ ވަސީލަތްތަކާއެކު، މުނިފޫހިފިލުވުމާއި، ސަލާމަތާ ރައްކާތެރިކަމާއެކު ކުޑަދަރިފުޅު ބަލައިދޭނޭ ޑޭކެއަރ ސެންޓަރު ތަކާއި، އަދި ދުވަސްވީ މީހުންނަށް ޚިދުމަތްދެވޭނޭ ރަނގަޅު ވަސީލަތްތައްވެސް މި ކޮންޑޮމީނިއަމްތަކުގެ ތެރޭގައި ހައްދަވައިދެއްވާނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އިލްޔާސް ވިދާޅުވީ، "މިތަންތަނަށް މިގެންނަނީ މާލޭގެ އެންމެ ތޮއްޖެހިފައި ހުރި ބްލޮކްތަކުގެ ތެރޭގައި ތިބި ޢާއިލާތައް،" ކމަށެވެ. އަދި އެއީ މިހާރުވެސް ދަތިހާލުގައި ދިރިއުޅޭ، ކުރިންވެސް ފާހަގަކުރި ފަދަ ބިންވެރި ގެދޮރުވެރީން ކަމަށް ވިޔަސް މިއަޅާ ފެންވަރު ރަނގަޅު ކޮންޑޮމީނިއަމްތަކުން ފުރުސަތު ދޭނީ އެފަރާތްތަކަށް ކަމަށެވެ.

ކޮންޑޮމީނިއަމް ތަކަށް ބަދަލުކުރާ ޢާއިލާތައް އެތަންތަނަށް ބަދަލުކުރާނީ އިތުރު ފުރުސަތުތަކަކާވެސް އެކުއެވެ. އެގޮތުން " އެ ބްލޮކްތަކުގައި ތިބި ފަރާތްތަކަށް މައިގަނޑު 3 ކަމެއް އަޅުގަނޑުމެން އެބަދެން،" ކަމަށް އޭނާ ވިދާޅުވިއެވެ.

  • ފުރަތަމަ ކަމަކީ، އެ ބްލޮކްތަކުގައި ގޯއްޗެއް އޮތް ކޮންމެ މީހަކަށް ބަދަލާއެކު ގޯއްޗެއް އެބަދެން ހުޅުމާލޭން.
  • އެތާ ޢިމާރާތެއް ހުރިއްޔާ އެ ޢިމާރާތުގެ ހައްގު ބަދަލު އެމީހަކަށް އެބަދެން.
  • އެ ގޭގެ ރަޖިސްޓްރީގައި، އެ ގޯތީގެ ރަޖިސްޓްރީގައި ތިބި 18 އަހަރުވެފައިވާ ކޮންމެ ކުއްޖަކަށް ކޮންމެ މީހަކަށް ކޮންމެ ބޭފުޅަކަށް، މި ކޮންޑޯތަކުން އަޅުގަނޑުމެން އެޕާޓްމަންޓު އެބަދެން.

އޭނާ ވިދާޅުވީ، " މި ހުސްވާ ބްލޮކްތަކުގެ ތެރޭން 10 ބްލޮކް އަޅުގަނޑުމެން ރިސާރވްކުރާން ޖެހެނީ، ހުސްޖާގައަށް. އެތަނުގައި ހިތްގައިމު އާރާމުކޮށްލެވޭނޭ ޕާކްތަކާ، ދުވަސްވީ މީހުންނަށް، ނިކުމެ އުޅެލެވޭނޭ ޖާގަ، ކުޑަކުދީން ގޮވައިގެން ހެނދުނު، ފަތިހު، ހަވީރު ގޮސް އުޅެލެވޭނޭ ޖާގަ ބައެއް ބްލޮކްތައް ރިޒާވްކޮށްލާފައި އޭގެ ބޭނުން ހިފޭނޭ ގޮތަކަށް މި ބްލޮކްތައް ޑިޒައިން ކުރެވޭނެ،" ކަމަށެވެ.

މީގެ އިތުރުން، މާލޭގެ އަވަށެއް ކަމަށްވާ ވިލިމާލެއަކީވެސް ޑިމޮކްރެޓުންގެ ސަރުކާރެއްގައި ވަރަށް ބޮޑު އަހައްމިއްޔަތެއް ދީގެން ތަރައްގީކުރާނޭ އަވަށެއް ކަމަށާއި އެގޮތުން، ވިލިމާލެ ބާއްވާނީ ތިމާވެއްޓާ ރައްޓެހި ރީތި ހިތްގައިމު މާހައުލެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ. އަދި އެ އަވަށުގައި 10 ބުރިއަށް ޢިމާރާތްކުރާން ބޭނުންވާ ފަރާތްތަކަށް، ހުޅުމާލޭން ގޯއްޗަށް ގޯތި ބަދަލުކުރުމުގެ ފުރުސަތެއް ދޭނޭކަމަށް އޭނާ ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ކަންކުރާން ހަވާލުކުރާނީ، އެކަމަށް އެންމެ ގާބިލު ތަޖްރިބާކާރު ފަރާތްތަކާ ކަމަށާއި، ޚިޔާނާތާ ފަސާދައަށް ކުޑަވެސް ޖާގައެއް ނޯންނާނޭ ކަމަށެވެ. އަދި "އަޅުގަނޑުމެން ބިލިއަން ޑޮލަރުގެ މަޝްރޫއު ހިންގާން މިއަންނަނީ، މި މާލޭގެ ރައްޔިތުންނަށްޓަކައި، ކޮރަޕްޝަނާ ބީރައްޓެހި މަސައްކަތްތަކެއްގެ ތެރޭން އެކަންކުރާން،" ކަމަށް އޭނާ ވަރަށް ޔަގީންކަމާއެކު ވިދާޅުވިއެވެ.