48 ގަޑިއިރު ތެރޭ ހަމަ އެކަނި ހައްދުންމަތީ ފޮނަދޫންވެސް 200އެއްހާ މެންބަރުން އެމްޑީޕީވަކިވާން އެދި ހުށަހަޅައިފި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

މިސާރު މިހެން ވިދާޅުވީ، އޭނާ އެމްޑީޕީން ވަކިވެވަޑައިގެން ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިޒަށް ތާޢިދުކުރާކަން އިއުލާނުކުރެއްވުމަށް ފަހުއެވެ.

ސިރާޖު ވިދާޅުވީ، " ވޭތުވެ ދިޔަ 48 ގަޑިއިރު ތެރޭގައި ހަމައެކަނި ފޮނަދޫއިން 200 އެއްހާ އެމްޑީޕގެ އާންމު މެންބަރުން ވަނީ އެޕާޓީގެ ދަފްރަތަރުން ވަކިވުމަށް އެދި ހުށަހަޅާފައި،" ކަމަށެވެ.

ލ. ފޮނަދޫން އެމްޑިޕީން ވަކިވާން ހުށަހެޅި މެންބަރުން އެ ޕާޓީގެ ޗެއަރޕަރސަނަށް ފޮނުވާފައިވާ ސިޓީގައި ލިޔެފައިވަނީ، އެމްޑީޕީއާ އެ ފަރާތްތަކުން ގުޅުނީ މޫސާ ސިރާޖުގެ އެދުމުގެ މަތީން ކަމަށާއި، "ސިރާޖު، ޕާޓީން ވަކިވެފައިވާތީ، ތިޔަޕާޓީގެ ދަފްތަރުން މިއަދުން ފެށިގެން އަޅުގަނޑުގެ ނަން އުނިކޮށްދެއްވުން"، އެދޭ ކަމަށެވެ.

މުޢިއްޒަށް ތާޢީދުކުރަން ނިންމަވައި ސިރާޖު ވިދާޅުވެފައި ވަނީ، "2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލާމު އަތޮޅުން އެމްޑީޕީ ކެނޑިޑޭޓް ކުރި ހޯދިކަމުގައިވިޔަސް މިއިންތިހާބުގައި އަޅުގަނޑުމެން އެކަން ބަދަލުކުރާނަން." ކަމަށެވެ.

އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އެ ޕާޓީން ވަކިވަމުން ދާއިރު، އޭގެ ގިނަ ބަޔަކު ދަނީ، ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްއާ ގުޅެމުންނެވެ.