ބޮޑުތިލަދުންމަތީގެ ދެ ރަށެއް ކަމަށްވާ، ހއ. މެދަފުށްޓާއި ށ. ނަލަންދޫގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީއިން އިޢުލާންކޮށްފިއެވެ.

މިރައްތަކުގައި ރިސޯޓް ތަރައްގީކުރާން ޝައުގުވެރިވާ ފަރާތްތަކަށް އޯގަސްޓް 30 ވާ ބުދަ ދުވަހުގެ 11:00ގައި ވަރޗުއަލްކޮށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 21 ސެޕްޓެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި އިތުރު މަޢުލޫމާތު ހޯދަން ބޭނުންނަމަ، 17 ސެޕްޓެމްބަރު ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް އީމެއިލް ކުރެވޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، މި ދެ ރަށް ބީލަމަށް ހުޅުވާލުމުގެ މައިގަނޑު މަޤްޞަދަކީ، ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަން ކުރިއަރުވައި، ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެއަރޕޯޓު ފީސިބަލް ކުރުމަށްޓަކައި އެ ސަރަޙައްދުގައި ހިންގާ އިޤްތިޞާދީ ހަރަކާތްތައް އިތުރުކޮށް ވަޒީފާގެ ފުރުޞަތުތައް ޤާއިމްކުރުންކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.