ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވެރިކަމަށް ވަޑައިގަތުމަށް 2018 ވަނަ އަހަރު ކުރެއްވި ކެމްޕޭނުގައި ރިޔާސީ ދައުރަކަށް "4 އަހަރުވެސް ދިގޭ ތިމަން މަނިކުފާނަށް" ވިދާޅުވެ ވެރިކަމަށް ވަޑައިގެން އިތުރު ދައުރެއް ދެއްވާށޭ ވިދާޅުވަނީ ވައްކަން އިތުރު ހަރުފަތަކަށް ގެންދާން ކަމަށް ތުހުމަތުކުރައްވައިފިއެވެ.

އިންތި ވިދާޅުވީ، ފެނިގެން މިދަނީ، "ފަސްއަހަރު ދިގުކަމަށް ވިދާޅުވި ބޭފުޅަކު އިތުރު 5 އަހަރު ބޭނުންވެގެން އުޅޭތަން،" ކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް އިބްރާހީމް ވެރިކަމަށް ވަޑައިގަތުމަށް ވިއްކި އެންމެ ބޮޑު ސިޔާސަތަކީ، ކުރީ ސަރުކާރުގެ ވައްކަމާއި ޚިޔާނާތުގެ މައްސަލަތައް ބެލުން ކަމަށާއި ނަމަވެސް 5 އަހަރުގެ ދިގު ދައުރެއް ނިމިގެން ދިޔައިރު، ނަތީޖާއެއް ނުނެރެވުނު ކަމަށާއި އޭގެ ބަދަލުގައި ފެނިގެން ދިޔައީ ވައްކަމާއި ޚިޔާނާތް އިންތިހާއަށް އިތުރުވި މަންޒަރުކަމަށެވެ.

"މިއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އަޅުގަނޑުމެން މިހެން ދަންނަވާން މި ޖެހޭ ސަބަބަކީ، ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަންނަވަމުން އެންމެ ބޮޑަށް ވިއްކެވި އެއް ކަމަކީ، ސިޔާސަތަކީ ކުރީގެ ސަރުކާރުތަކުން ހިންގި ޚިޔާނާތުގެ މައްސަލަތައް ބަލާނަމޭ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތައް ބަލާނަމޭ. އަދި އެނޫންވެސް މައްސަލަތައް ބައްލަވާނަމޭ. އެހެން ނަމަވެސް އެކަމުގެ ނަތީޖާއެއް ނުފެނުނު، 5 އަހަރުގެ ދައުރު އެ ނިމުނީ. ނަތީޖާއެއް ނުފެނުނު،" އިންތި ވިދާޅުވިއެވެ.

"މިއީ ރައްޔިތުން ކަންބޮޑުވާ ކަމެއް. 2 ވަނަ ދައުރެއް އިތުރަށް ދެއްވައިފި ކަމަށް ވަނީ ނަމަ، ވައްކަން އިތުރު ހަރުފަތަކަށް ގެންދަވާނެކަމަށް އަޅުގަނޑުމެންނަށް ތުހުމަތު އެބަކުރެވޭ. ހަމަ އެނގިވަޑައިގަންނަވާނެ މިސަރުކާރުގެ ތެރޭގައި މިހާރު މިއޮތް ކޮރަޕްޝަނާ ވައްކަމާ ހަމަ ހައްދުފަހަނައަޅާ ގޮސްފައި،"

އިންތި ވިދާޅުވީ، ރައީސް އިބްރާހީމް ދެވަނަ ދައުރެއް ދެއްވާށޭ ވިދާޅުވަނީ، އެމްޑީޕީގެ ސަރުކާރުން ކުރީންވީ ވަޢުދުތައް ފުއްދުމަށް ކަމަށާއި، އަދި ދެވަނަ ދައުރެއް ދެއްވައިފި ނަމަ، ސިޔާސީ ކަންކަމާ ނޫޅުއްވާނޭކަމަށް އެ ވިދާޅުވަނީ ވައްކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް ބެލެވޭ ކަމަށެވެ.

"ދެވަނަ ދައުރެއް ދެއްވާށޭ ކަންކަން ކުރެއްވުމަށް އަޅުގަނޑަށް ހީވަނީ، އެއީ ވައްކަމުގެ ސަރުކާރެއް އިތުރު ހަރުފަތަކަށް ގެންދިއުން އެއީ ކަންނޭނގެ މަގުސަދަކީ،" އޭނާ ވިދާޅުވިއެވެ.

"އަނެއް ހިނިއަންނަ ޒާތުގެ ކަމަކީ ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އެނގިވަޑައިގަންނަވާނެ ފުރަތަމަ ދައުރުގެ ވައުދުތައް ފުއްދުމަށް ދެވަނަ ދައުރެއް ދެއްވުމަށް ދެވަނަ ދައުރެއް ދެއްވުމަށް ވިދާޅުވަމުން ގެންދަވަނީ،"

ފުރަތަމަ ދައުރުގެ މައިގަނޑު ބޮޑެތި ވައުދުތައް އެމްޑިޕީގެ ސަރުކާރުން އެމްޑީޕީން ވީ ވައުދުތައް ފުއްދެވުމަށް ދެވަނަ ދައުރެއް ދެއްވުމަށް މިހާރު އެދިވަޑައިގަންނަވަމުން ގެންދެވުން އިންތި ސިފަކުރެއްވީ ބޮޑު ޖޯކެއްގެ ގޮތުގައެވެ.