ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރަށް ތާޢީދު ހޯދުމުގެ ގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހިނގާލުމެއް ބާއްވައިފިއެވެ.

"ޙައްލަކީ ޢުމަރު"ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި ޢުމަރަށް ތާޢީދުކުރާ ގިނަބަޔަކު ބައިވެރިވިއެވެ.

މިފަހަރުގެ ރިޔާސީ ރޭހުގައި ޢުމަރުގެ ކެންޑިޑޭޓް ނަންބަރަކީ 1 އެވެ. ޢުމަރު ވަނީ، މިފަހަރުގެ އިންތިޚާބުގައި 1 ނަންބަރު ކެންޑިޑޭޓް ހޮވައިފި ނަމަ، ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި އިޖްތިމާޢީ މައްސަލަތައް ހައްލުކޮށްދެއްވާނޭ ކަމަށް ވިދާޅުވެފައެވެ.

ޢުމަރު ނަސީރު ކެމްޕޭން ހިނގާލުމުގެ ތެރޭން-- ފޮޓޯ: ޢުމަރު

 

އެގޮތުން، ޑްރަގްގެ މައްސަލައާއި، ވައްކަމާއި ފޭރުމުގެ މައްސަލަތަކާއި ރާއްޖޭގައި ތިބި ބިދޭސީ ސިފައިންގެ މައްސަލަވެސް އޭނާގެ ވެރިކަމެއްގައި ހައްލުކޮށްދެއްވާނޭކަމަށް ވަޢުދުވެފައެވެ.