އަންނަ ސެޕްޓެމްބަރ 9ގައި ބާއްވާ ރިޔާސީ އިންތިޚާބު ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށާއި މޮނިޓަރުންގެ ގޮތުގައާއި އަދި މަންދޫބުންގެ ގޮތުގައި ޚަރަކާތްތެރިވުމަށް ރާއްޖެއިން ޖުމްލަ 9887 އެޕްލިކޭޝަން ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ރިޔާސީ އިންތިޚާބު 2023 ގެ ކޮންމެ ވޯޓުލާ މަރުކަޒެއްގައި، ކޮންމެ ޕާޓީއަކުން ނުވަތަ ކޮންމެ ކެންޑިޑޭޓެއްގެ ފަރާތްޕުޅުން މަންދޫބަކު ބެހެއްޓުމަށް، އީސީ އިން ހުޅުވާލި ފުރުސަތު 2023 އޮގަސްޓް 17 އަށް ހަމަވިއިރު، 1735 މަންދޫބުންގެ އެޕްލިކޭޝަން އީސީ އަށް ވަނީ ލިބިފައިވާ ކަމަށެވެ.

  • އެމް.ޑީ.ޕީ 458
  • ޖޭޕީ 217
  • ޕީ.އެން.ސީ 548
  • އެމް.އެން.ޕީ 271
  • ދަޑިމޮކްރެޓްސް 241.

ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް 4545 މޮނިޓަރުންނާއި 3607 އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ ފަރާތުން 1735 މަންދޫބުން ހިމެނޭގޮތަށް ރާއްޖެއިން ޖުމްލަ 9887 އެޕްލިކޭޝަން ލިބިފައިވާ ކަމަށް އީސީގެ ނައިބު ރައީސް އިސްމާޢީލު ހަބީބު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ " އެޕްލިކޭޝަންތަކުގެ ސައްޙަކަން ކަށަވަރުކޮށް އެކްރެޑިޓް ކުރުމުގެ މަސައްކަތް ވަރަށްބާރަށް ކުރިޔަށް އެބަދޭ." ކަމަށެވެ.