ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓް ލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ޖުމުލަ ޢަދަދަކީ 282،395  އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީން ބުނީ، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ޖުމުލަ 282،395  ލިބޭއިރު އޭގެ ތެރޭގައި މުޅިން އަލަށް ވޯޓުލުމުގެ ހައްގުލިބޭ ޒުވާނުންގެ އަދަދަކީ 27006  މީހުން ކަމަށެވެ.

ވޯޓުލުމުގެ ހައްގު ލިބިގެންވާ އަންހެނުންގެ ޖުމުލައަކީ 138،196 އެވެ. އަދި ފިރިހެނުންގެ އަދަދަކީ 144،199އެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމުލަ 8 ކެންޑިޑޭޓަކު ވާދަކުރައްވާއިރު، އޭގެ ތެރޭގައި ޕާޓީގެ ފަރާތުން 5 ކެންޑިޑޭޓަކު އަދި އަމިއްލަގޮތުން ވާދަކުރައްވާ މިނިވަން 3 ކެންޑިޑޭޓަކު ހިމެނެއެވެ. މިއީ، މިހާ ގިނަބަޔަކު ރިޔާސީ އިންތިޚާބުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.