ހުޅުމާލޭ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ޖުމުލް 16 ޓަވަރު ހިމެނޭގޮތަށް 981 ހައުސިންގ ޔުނިޓް އަޅަން 15 ކުންފުންޏަކާއެކު އާބަންކޯއިން ސޮއިކޮށްފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ލިވިން އެކްސްޕޯގެ ތެރެއިން އެ މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ހަ ޕްލޮޓެއްގައި މިކްސްޑް ރެޒިޑެންޝަލް ޑިވެލޮޕްމަންޓް އުސޫލުން ތަރައްގީ ކުރާ އެޕާޓްމަންޓް ކޮމްޕްލެކްސްތަކުގެ ތެރޭގައި ހިމެނޭނީ ޖުމްލަ 868 ހައުސިން ޔުނިޓެވެ. އެތަންތަން އަޅަން ހަވާލުކޮށްފައި ވަނީ:

  •  އެފް ޑަބްލިއު ކޮންސްޓްރަކްޝަން - 1 ޕްލޮޓު
  • ކަނޑޫފާ - 1 ޕްލޮޓް
  • ރެއިންބޯ ކޮންސްޓްރަކްޝަން - 2 ޕްލޮޓް
  • ރެނާޓަސް ޕްރޮޖެކްޓް - 1 ޕްލޮޓް
  • ސިންގްހަލް - 1 ޕްލޮޓް

މީގެ އިތުރުން، ޕިއޯ ރެޒިޑެންޝަލް ޑިވެލޮޕްމަންޓް އުސޫލުން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެ ވަނަ ފިޔަވަހީގެ 10 ޕްލޮޓެއްގައި ޖުމްލަ 113 ހައުސިން ޔުނިޓު ހިމެނޭ އެޕާޓްމަންޓް ކޮމްޕްލެކްސްތަކެއް އެޅުމަށް ހަވާލުކޮށްފައި ވަނީ:

    • އަލާފް
    • އެންޓްރެކް ހޯލްޑިން
    • ބިގްހެޓް ލޮޖިސްޓިކްސް
    • ބިލްޓް ސްޕޭސަސް
    • އީޕޮކް އެސޯސިއެޓްސް
    • ގްލޯރިއަސް ރެސިޑެންސް
    • އައިވްސް
    • ވެލިގާ ހާޑްވެއަރ
    • ބްލޫ ސްޕޭން
    • ބިލްޑްއަޕް އިންޓަނޭޝަނަލް އެވެ.

އާރބަންކޯއިން އަގުތައް ކޮންޓްރޯލްކޮށްފައިވާ މި އެޕާޓްމަންޓް ތަކުގެ ތެރޭން 2 ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގަކީ 1.5 މިލިއަން ރުފިޔާއެވެ. އަދި 3 ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގަކީ 2.5 މިލިއަން ރުފިޔާއެވެ.

މިސަރުކާރުން މާލޭގެ އަގުބޮޑު ބިންތައް ހިލޭ ބަހާލަން ނިންމާފައިވާއިރު، އުމުރު ދުވަހަށް ކުލިދައްކާން ޖެހޭގޮތަށް މާލޭގެ ރައްޔިތުންނަށް މިހާ އަގުބޮޑުކޮށް ފްލެޓް ދޭ މައްސަލައާއި އަދި ކުރީގެ ސަރުކާރުން އެޅި ހިޔާ ފްލެޓްތަކުގެ 2 ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގުވެސް ވަނީ 2.2 މިލިއަނަށް ބޮޑުކޮށްފައެވެ.