ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ހިންގައިފާނެ އަދި ހިންގާ ރިޝްވަތުގެ މައްސަލަތައް ރިޕޯޓުކުރާން ޚާއްސަ އޮންލައިން ޕޯޓަލްއެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތައްޔާރުކޮށްފިއެވެ.

އޭސީސީން ބުނީ، ވިސިލްބްލޯކުރާ ފަރާތްތަކަށް ކޮމިޝަނުން ރައްކާތެރިކަން ފޯރުކޮށްދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް

މިޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ސިއްރުކޮށްދެވޭގޮތަށް އޮތް ނަމަވެސް، މައްސަލައިގެ އަޕްޑޭޓް ފޯރުކޮށްދެވޭނީ ކާކުކަން އެނގޭގޮތަށް އޭސީސީން ބުނެއެވެ.

އޭސީސީގެ މި ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާއިރު، އެ މައްސަލައާ ގުޅޭގޮތުން ދެވެން އޮތް އެންމެގިނަ މައުލޫމާތު ހިމެނުމަށާއި، މައްސަލަ ހުށައަޅާއިރު ފޯމުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތުގެ ގޮތުގައި ފާހަގަކޮށްފައިވާ ބައިތައް ހިމަނާފައި ނުވަނަމަ ފޯމު ބަލައެއް ނުގަންނަވާނެ ކަމަށެވެ.

މީގެ އިތުރުން، އޭސީސީގެ އިޚްތިޞާޞަށް ނުފެތޭ ބާވަތުގެ މައްސަލަތައް މިޕޯޓަލް މެދުވެރިކޮށް ހުށަހެޅިނަމަވެސް އެފަދަ މައްސަލައެއް އޭސީސީގައި ރަޖިސްޓަރީ ނުކުރެވޭނެކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ރިޔާސީ އިންތިޚާބު 2023ގެ އިންތިޚާބީ ރިޝްވަތު ރިޕޯޓުކުރާން ބޭނުންކުރާ ޕޯޓަލްގެ ލިންކަކީ https://elections.acc.gov.mv/ އެވެ.