ސެޕްޓެމްބަރ 9 ވަނަ ދުވަހު ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންގެ ނަން ވޯޓު ކަރުދާހުގައި ޖަހާ ތަރުތީބު މިއަދު ގުރުއަތުން ނަގައިފިއެވެ.

ދަރުބާރުގޭގައި ހުންނަ އިލެކްޝަންސް ކޮމިޝަންގެ އޮފީހުގައި މިއަދު ބޭއްވި ގުރު ނެގުމުގެ ރަސްމިއްޔާތުގައި، އެމްޑީޕީ ކޯލިޝަންގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްއެންޕީގެ ކެންޑިޑޭޓް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ފިޔަވައި ހުރިހާ ކެންޑިޑޭޓުން ބައިވެރިވެލެއްވިއެވެ. އެ ދެބޭފުޅުންގެ ފަރާތުން ބައިވެރިވެލެއްވީ އިންތިޚާބީ އޭޖެންޓުންނެވެ.

ކެންޑިޑޭޓް ނަންބަރު ތަރުތީބުން:

  • 1- ޢުމަރު ނަސީރު (އަމިއްލަ)
  • 2- ޙަސަން ޒަމީލް (އަމިއްލަ)
  • 3- ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު (އެމްޑީޕީ)
  • 4- ޑރ. މުޙައްމަދު މުޢިއްޒު (ޕީއެންސީ)
  • 5- ޤާސިމް އިބްރާހީމް (ޖޭޕީ)
  • 6- އަޙްމަދު ފާރިސް މައުމޫން (އަމިއްލަ)
  • 7- އިލްޔާސް ލަބީބު (ދަ ޑިމޮކްރެޓްސް)
  • 8- މުޙައްމަދު ނާޒިމް (އެމްއެންޕީ)

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ނަން އަނބުރާ ގެންދިއުމަށް އިލެކްޝަންސުން ހުށަހެޅި މުއްދަތު މިހާރު ވަނީ ހަމަވެފައެވެ.