ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާން އިލެކްޝަންސް ކޮމިޝަނަށް ފޯމުހުށަހެޅުއްވި 3 ކެންޑިޑޭޓުންގެ ވެސް ޝަރުތު ފުރިހަމަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ، ސެޕްޓެމްބަރ 9 ވާ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި، އަމިއްލަގޮތުން ވާދަކުރެއްވުމަށް، ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވި، ޢުމަރު ނަސީރާއި އަޙްމަދު ފާރިސް މައުމޫންގެ އިތުރުން އަލްފާޟިލް ޙަސަން ޒަމީލްގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، އެ ތިން ކެންޑިޑޭޓުންވެސް ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ޤަބޫލު ކޮށްފައި ވާ ކަމަށެވެ. 

މިފަހަރުގެ އިންތިޚާބުގައި ސިޔާސީ ޕާޓީތަކުން ވާދަކުރަނީ:

ސަރުކާރު ކޯލިޝަން (އެމްޑީޕީ، އަދާލަތު ޕާޓީ، އެމްޑީއޭ)ގެ ފަރާތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، ރަނިންގމޭޓް މުޙައްމަދު އަސްލަމް،ޕްރޮގްރެސިވް ކޯލިޝަން (ޕީއެންސީ، ޕީޕީއެމް)ގެ ފަރާތުން ޑރ. މުޙައްމަދު މުއިއްޒު، ހުސެން މުޙައްމަދު،ދަ ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް ލަބީބު، ރަނިންގމޭޓް ޙުސައިން ޢަމްރު މުޙައްމަދު ރަޝާދު،ޖުމްހޫރީ ޕާޓީގެ ފަރާތުން ޤާސިމް އިބްރާހީމް،ރަނިންގމޭޓް ޑރ. އަމީން އިބްރާހީމް،އެމްއެންޕީގެ ފަރާތުން މުޙައްމަދު ނާޒިމް، ރަނިންގމޭޓް ޑރ. އަހުމަދު އަދީލް ނަސީރު އެވެ.

އަމިއްލަ ގޮތުން ވާދަކުރާން ކުރިމަތިލެއްވީ:

ޢުމަރު ނަސީރު، ރަނިންގމޭޓް އަހްމަދު ސަލީމްއަޙްމަދު ފާރިސް މައުމޫން، ރަނިންގމޭޓް ޑރ. އަބްދުއް ސައްތާރު ޔޫސުފްހަސަން ޒަމީލް، ރަނިންގމޭޓް މަރިޔަމް އަލީމް.

އިންތިޚާބަށް ޝަރުތު ހަމަވާ ފަރާތްތައް އީސީން އިއުލާނުކުރާނެއެވެ. އަދި ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބުކުރުން އޮންނާނީ އޯގަސް 9 ވަނަ ދުވަހުއެވެ.