ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާން ނިންމަވައި ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ކެންޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ރާއްޖޭއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވަބާއާއި ވައްކަމާ ފޭރުމާއި ގޭންގުމާރާމާރިތައް ހުއްޓުވާން އޮތް ހަމަ އެކަނި "ހައްލަކީ ޢުމަރު" ކަމަށް ވިދާޅުވެ، އަނެއްކާވެސް ރިޔާސީ އިންތިޚާބަށް ޢުމަރު ނުކުންނަވާއިރު، މިފަހަރު އޭނާގެ ރަނިންގމޭޓަކަށް ހަމަޖައްސަވާފައި ވަނީ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް)އެވެ.

މީގެ ކުރީން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައިގެން ޢުމަރަށް އޭރު ލިބިވަޑައިގަތީ، 2500އެއްހާ ވޯޓެވެ. ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން މިހާތަނަށް މި އިންތިޚާބުގައި ވާދަކުރައްވާން ހުށަހެޅި ނަންތަކުގެ ތެރޭން ޢުމަރަކީ ހަމަ އެންމެ ރަނގަޅު ޗޮއިސްކަމަށް ބެލުމަކީ ގޯހަކަށް ނުވާނެއެވެ.

ސެޕްޓެމްބަރ 9ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާން ފޯމު ހުށަހެޅުމުގެ މުއްދަތު ހޯމަދުވަހު 14:00އަށް ހަމަވާނެއެވެ.