ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްބާ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ފޯމުގައިވާ ބައެއް ލިޔެކިޔުން މަދުވުމުން އަލުން އެ މަޢުލޫމާތާއި ތަކެތި ހަމަކޮށް ފޯމުހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން އޭނާގެ ފޯމު ބަލައިގެންފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ، "ދަ ޑިމޮކްރެޓްސް ގެ ފަރާތުން، ރިޔާސީ އިންތިޚާބަށް އިއްޔެ ކުރިމަތި ލެއްވި، އޮނަރަބަލް އިލްޔާސް ލަބީބު ގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، އޮނަރަބްލް އިލްޔާސް ލަބީބު، ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން މިއަދު ހެދުނު ވަނީ ޤަބޫލު ކޮށްފައި" ކަމަށެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު މެންދުރުފަހު 14:00އަށް ހަމަވާނެއެވެ.