ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރާން ނިންމަވައި، ރައީސް މައުމޫނުގެ ދަރިކަލުން މުޙައްމަދު ފާރިސް މައުމޫނު އޭނާގެ ރަނިންގމޭޓަކަށް ޑރ. ޢަބްދުއް ސައްތާރު ޔޫސުފް ހަމަޖައްސަވައިފިއެވެ.

" 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރަން ނިންމާފައިވާތީ، އަޅުގަނޑު ރިޔާސީ ރަނިންމޭޓެއްގެ ގޮތުގައި ޑޮކްޓަރ ޢަބްދުއް ސައްތާރު ޔޫސުފް ހަމަޖެއްސިކަން ދިވެހިލޮބުވެތި ރައްޔިތުންގެ މައުލޫމާތައްޓަކައި ދެންނެވީމެވެ." ފާރިސް ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ދޮށީ ދަރިކަލުން ފާރިސް ވަނީ 3000 ހަމަ ނުވާ އެމްއެމްއާރގެ ރިޔާސީ ޓިކެޓް ހޯއްދަވައިފައެވެ. ނަމަވެސް އެ ޕާޓީގެ މައްސަލަ މިވަގުތު އޮތީ ކޯޓް މަރުހަލާގައެވެ. އެހެންކަމުން ފާރިސް ވަނީ އަމިއްލަ ގޮތުން ވާދަކުރެއްވުމަށް 1500 މީހުންގެ ސޮއިވެސް ހޯއްދަވައިފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތު ހޯމަ ދުވަހުގެ 14:00 ހަމަވާނެއެވެ.