ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްފެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެންޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސްގެ ކެންޑިޑަސީ ހުށަހެޅުއްވީ އޭނާ އީސީއަށް ވަޑައިގެންނެވެ. އީސީގެ ފަރާތުން ފޯމާ ހަވާލެވަޑައިގަތީ މަސްލަހަތަށް ޓަކައި، ކޮމިޝަންގެ ބައެއް ހަރަކާތްތަކުން ފެނިވަޑައި ނުގަންނަވާ، އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ. އަރިހުގައި ކޮމިޝަންގެ ހުރިހާކަމެއް ބަލަހައްޓަވާ ނައިބު ރައީސް އިސްމާއީލް ހަބީބުވެސް ބައިވެރިވެވަޑައިގަތެވެ.

 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާ ޚިޔާލުތަފާތުވެ، އެމްޑީޕީން ވަކިވެވަޑައިގަތް އެޕާޓީގެ ކުރީގެ ލީޑަރު ރައީސް މުޙައްމަދު ނަޝީދަށް ތާޢީދުކުރާ ފަރާތްތަކުން އުފެއްދި ދަ ޑިމޮކްރެޓްސްއިން ވަނީ، ރައީސް އިބްރާޙީމްގެ ވެރިކަން ނިމުމަކަށް ގެނައުމަށް، އިދިކޮޅު ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތްކުރާން އެދިފައެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން، ޑިމޮކްރެޓްސްގެ ރަނިންގމޭޓެއްވެސް އިއުލާނުކުރީ މިއަދެވެ. އިލްޔާސްގެ ރަނިންގމޭޓަކަށް ހަމަޖެއްސީ އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ޢަމްރު މުޙައްމަދު ރަޝާދެވެ.

ސެޕްޓެމްބަރ 9ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާން ފޯމު ހުށަހެޅުމުގެ މުއްދަތު ހޯމަދުވަހު 14:00އަށް ހަމަވާނެއެވެ.