ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން އަލަށް އުފަންކުރުވި ސިޔާސީ ޕާޓީ ކަމަށްވާ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންގމޭޓަކަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ޢަމްރު މުޙައްމަދު ރަޝާދު ހަމަޖައްސައިފިއެވެ.

ކުރިން ބެލެވުނު ގޮތުގައި، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސްގެ ރަނިންގމޭޓަކަށް ނަގާނީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ކަމަށެވެ.     

ރައީސް ނަޝީދު އާ ޕާޓީއެއް އުފައްދައި، އެ ޕާޓީގެ އެންމެ ބޮޑު އަމާޒަކަށް ކަނޑައަޅާފައި ވަނީ، މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަން ނިމުމަކަށް ގެނެސް ރާއްޖޭގައި ވައްކަމާއި ޚިޔާނާތުން އެއްކިބާވެފައިވާ ސަރުކާރެއް ގާއިމުކުރުމެވެ. އެގޮތުން އެމަނިކުފާނު ވަނީ، އިދިކޮޅު ފަރާތްތަކަށްވެސް އެކަމަށް ދައުވަތު ދެއްވައިފައެވެ.