ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްގެ ކެންޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ނާޒިމްގެ ކެންޑިޑަސީ ފޯމު އީސީއަށް ހުށައެޅުއްވީ ނާޒިމްއެވެ. އޭނާއާއެކު ރަނިންގމޭޓް ޑރ. އަހްމަދު އަދީލް ނަސީރުވެސް ބައިވެރިވެވަޑައިގަތެވެ. އީސީގެ ފަރާތުން ފޯމާ ހަވާލެވަޑައިގަތީ ކޮމިޝަންގެ ބައެއް ހަރަކާތްތަކުން ފެނިވަޑައި ނުގަންނަވާ، ރައީސް ފުއާދު ތައުފީގެވެ. އަރިހުގައި ކޮމިޝަންގެ ހުރިހާކަމެއް ބަލަހައްޓަވާ ނައިބު ރައީސް އިސްމާއީލް ހަބީބުވެސް ބައިވެރިވެވަޑައިގަތެވެ.

ސެޕްޓެމްބަރ 9ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާން ފޯމު ހުށަހެޅުމުގެ މުއްދަތު ހޯމަދުވަހު ހަމަވާނެއެވެ.