އަންނަ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން އޯގަސްޓް 9 ވާ ބުދަ ދުވަހު ބާއްވާނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު އޭނާގެ އެކްސްގައި ލިޔެފައިވަނީ، "ރިޔާސީ އިންތިހާބު 2023 އަށް ކުރިމަތިލާ މީހުންގެ ތެރެއިން، ޝަރުތު ފުރިހަމަވާ މީހުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި، ގުރުއަތުލުން އޮންނާނީ، 2023 އޮގަސްޓު 9 ވާ ބުދަދުވަހުގެ ހަވީރު 4:30 ން 5:30 އަށް، ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި." ކަމަށެވެ.

މީގެ އިތުރުން ގުރުއަތުލުމަށް ބާއްވާ ރަސްމިއްޔާތުގައި، "ކެންޑިޑޭޓަކަށް ބައިވެރިވެ ނުވެވޭ ޙާލަތުގައި، މަންދޫބަކު ބައިވެރިވެ ކުރެވިދާނެ. މިކަމާގުޅޭ ތަފްސީލް، އީސީ އިން ކެންޑިޑޭޓުންނަށް އަންގާނެ." ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.