ދަ ޑިމޮކްރެޓްސްގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބުގެ އިންތިޚާބީ އޭޖެންޓަކަށް ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުން އިހަކަށް ދުވަހު އިސްތިއުފާ ދެއްވި ފާތިމަތު ނިޢުމާ ހަމަޖައްސައިފިއެވެ.

އިންތިޚާބީ އޭޖެންޓެއް ކަނޑައެޅި ނަމަވެސް، އިލްޔާސްގެ ރަނިންގ މޭޓެއް އަދި އިންތިޚާބީ މެނޭޖަރެއް ކަނޑައެއް ނާޅައެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި ހަމަ އެކަނި ކެންޑިޑޭޓް އިލްޔާސް ލަބީބަށް ޓިކެޓް ލިބިވަޑައިގަތީ ޕްރައިމަރީގައި ވޯޓްލީ މީހުންގެ 95 އިންސައްތަ ވޯޓު ލިބިގެންނެވެ.