ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓްގެ ކެނޑިޑަސީ ޔަގީންކުރާން ސުޕްރީމް ކޯޓަށް މިހާރު ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ޕީޕީއެމްއާއި ބަންޑަރަ ނައިބު ވަދެއްޖެއެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ހުކުރު ދުވަހުގެ މެންދުރުފަހަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވާއިރު، ދައުލަތުގެ ބަންޑާރަ ނައިބު މި މައްސަލައިގެ ތެރެއަށް ތަދައްހަލްވީ ސުޕްރީމް ކޯޓުގެ އެންގުމަކަށެވެ. އަދި ޕީޕީއެމުންވެސް މިހާރު ވަނީ މައްސަލައިގައި ތަދައްޚަލްވެފައެވެ.

 ރައީސް ޔާމީންގެ ކެނޑިޑަސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނު އަސާސީގައި ބުނާ ޝަރުތު ކެންޑިޑޭޓެއްގައި ހުންނަން ޖެހޭ ޝަރުތު ހަމަނުވާކަމަށް ބުނެއެވެ.

ޤާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާއަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއި ކުށެއް ސާބިތުވެގެން 1 އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތްނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފުކުރިތާ 3 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.