ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ވާދަކުރާނޭ ރިޔާސީ ކެންޑިޑޭޓަކު ހޮވަން ބޭއްވި ޕްރައިމަރީ، މާލެ ސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބުކުރައްވައިފިއެވެ. އޭނާ މި ޕްރައިމަރީ ކާމިޔާބުކުރެއްވީ ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ޢުމަރާ ވާދަކޮށްގެންނެވެ.

ޚިޔާނާތުގެ މައްސަލައެއްގައި 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭ ހާލަތެއް ކުރިމަތި ވެއްޖެ ނަމަ، ޕީއެންސީން އިންތިޚާބުގައި ވާދަކުރާން އެ ޕާޓީގެ ސެނެޓްގައި ބުރާސްފަތި ދުވަހު ހަވީރު ބޭއްވި ބައްދަލުވުމުން މުއިއްޒަށް ކެނޑިޑޭޓް ކަން ދޭން 25 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. ޝަރީފަށް ވޯޓުދެއްވީ 23 މެމްބަރުންނެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާން ރައީސް ޔާމީނުގެ ނަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލައިފައެވެ.

އިލެކްޝަންގެ ނިންމުން ޕީޕީއެމްއިން ވަނީ ބުދަ ދުވަހުގެ ފަތިހު ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އަދި އެ ކޯޓުން މިމައްސަލައިގެ ފުރަތަމަ އަޑު އެހުން ތާވަލް ކޮށްފައި ވަނީ ހުކުރު ދުވަހުގެ މެންދުރުފަހު 14:30 އަށެވެ.

ޤާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާއަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއި ކުށެއް ސާބިތުވެގެން 1 އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތްނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފުކުރިތާ 3 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.