ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނާއިބް ރައީސް އިވާ އަބްދުﷲ އަށް މީސްމީޑިއާގައި ބިރު ދައްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރީ މީހާގެ ފޯނު އަތުލުމަށް ފަހު އެމީހާ ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ، އެ މީހާގެ ކޯޓު އަމުރު ތަންފީޒު ކުރުމަށް ފަހު ރޭގެ ވަގުތެއްގައި އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާ ދޫކޮށްލީ އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހުގައި ކަމަށެވެ.

އީވާގެ ދަރިފުޅުގެ ފޮޓޯ ބޭނުންކޮށްގެން އީވާއަށް ބިރު ދެއްކި ކަމަށް ބުނާ މީހާއަކީ ޓްވިޓާގައި ފޭކް އެކައުންޓެއް ހަދައިގެން އުޅުނު މީހެއްކަމަށް ވެއެވެ. އަދި އޭނާ އެ އެކައުންޓުބޭނުން ކޮށްގެން އީވާގެ އާއި އާއިލާ އަށް ފުރައްސާރަ ކޮށްފައިވެއެވެ.

އީވާގެ ދަރިފުޅުގެ ފޮޓޯއެއް ޓްވިޓަރގައި ބޭނުންކޮށްގެން ޓްވިޓަރ (އެކްސް)ގައި ބިރުދެއްކުމުގެ އަމަލުތަކެއް ހިންގި މީހެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނައީ އީވާއެވެ.