ރާއްޖޭން ބޭރުގައި އި ދިރިއުޅޭ ދިވެހީންނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ މަގު ފަހިކުރުމުގެ ގޮތުން، ދިވެހިން ދިރިއުޅޭ ޤައުމުތަކުގެ ތެރެއިން މިހާތަނަށް ފޮށި ބެހެއްޓޭވަރަށް ތަރުހީބު ލިބިފައިވާ 4 ޤައުމެއްގައި ވޯޓުފޮށި ބަހައްޓާން ރަޖިސްޓްރީކޮށްފައިވާ ކަމަށް  އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަނުން ނިންމާފައި ވާ ގޮތުން، ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާނީ 150 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކުރާ ގައުމުތަކުގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރާއްޖޭން ބޭރުގައި ވޯޓުފޮށި ބެހެއްޓޭކަން މިހާތަނަށް ކަށަވަރުވެފައިވަނީ މެލޭޝިޔާ، އިނގިރޭސިވިލާތް، އިންޑިޔާގެ ޓްރިވެންޑްރަމް، އަދި ސްރީލަންކާގެ ކޮލަމްބޯގައި ކަމަށެވެ. ސިންގަޕޫރު، ތައިލޭންޑް، އަބޫދާބީ އަދި ޖަޕާނުގައި ވޯޓުފޮށި ބެހެއްޓޭވަރަށް ވޯޓުލާ މީހުން އަދި ރަޖިސްޓްރީވެފައިނުވާކަމަށް ހަބީބް ވިދާޅުވިއެވެ.