ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫޢުގެ މަސައްކަތުގެ 55 ޕަސެންޓް ނިމިއްޖެ ކަމަށް އެމަސައްކަތާ ހަވާލުވެފައިވާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ނިމިފައިވާ 55 ޕަސެންޓް މަސައްކަތުގެ ތެރޭގައި މަނަދޫ ނެރުގެ ބޭރުތޮށި ލުމާއި ރޭމްޕް ހެދުމުގެ މަސައްކަތް ވެސް ހިމެނޭކަމަށެވެ.

 

މި މަޝްރޫޢުގެ ދަށުން، 29,038 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން ހިމެނެއެވެ. އަދި 195 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 188 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ކޮންކްރީޓް ބްރިޖެއް ހެދުމާއި، ރޭމްޕެއް ހެދުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

އެމްޓީސީސީއަށް މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ 30.3 މިލިއަން ރުފިޔާއަށެވެ.