ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން 10 ޙާފިޡަކު ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެލް ހާސިލުކުރައްވައިފިއެވެ.

ޚާއްޞަ މެޑެލް ޙާޞިލްކުރެއްވި 10 ޙާފިޡުންނަކީ:

  • އަލްޙާފިޡާ އާމިނަތު އައިފާ، އަލިވިލާގެ ފ. ބިލެތްދޫ
  • އަލްޙާފިޡް ޝަޢަފް ޙާމިދު އިބްރާހީމް، މަލާޒް، ޅ. ނައިފަރު
  • އަލްޙާފިޡް އަބާން އިބްރާހީމް، ހ. ލަކީލޮޖްހުޅަނގުބައި
  • އަލްޙާފިޡާ މަރްޔަމް މުޙައްމަދުދީދީ، މުއްތުސަންބާގެ، ސ. ހިތަދޫ
  • އަލްޙާފިޡް އަޙްމަދު ރާއިޢް ބަޝީރު، ފުނާޑު. ރަޔަން، ޏ. ފުވައްމުލައް
  • އަލްޙާފިޡް ޙަސަން ނަޞީރު، ޒިއުރިކް، ސ. ހިތަދޫ
  • އަލްޙާފިޡާ ރައުޙާ އިސްމާޢީލް، ދިލްޝާދުގެ، ދ. މީދޫ
  • އަލްޙާފިޡާ ޢާއިޝަތު އާން ރަޝީދު، މ. ޝޭޑީރީޖަން
  • އަލްޙާފިޡް އިސްމާޢީލް އިޒުޢާން އިބްރާހީމް، ހުޅުމާލެ ފްލެޓް 02-ޖީ-141
  • އަލްޙާފިޡް މިބުސާމް ސަލްމާން، ހެވަންލީޑް ގދ. ތިނަދޫ

އެފަރާތްތަކާ މެޑެލް ޙަވާލުކުރެއްވުން އޮތީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އަންގާރަދުވަހުގެ ރޭ އިސްލާމީ މަރުކަޒު މައިދާނުގައި ބޭއްވި ޚާއްސަ ރައްމިއްޔާތުގައެވެ. މެޑެލްތައް ބައްސަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙެވެ.