ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ މޯލްޑިވެސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިން ވެސް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާން ނިންމައި، ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާން ހުޅުވާލައިފިއެވެ.

އެމްއާރްއެމްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ޖުލައި 27ގެ ނިޔަލަށް އެ ފުރުސަތުވަނީ ހުޅުވާލައިފައެވެ. އޮންލައިންކޮށް ކުރިއަށް ގެންދާ ޕްރައިމަރީގެ ވޯޓްލުން އޮންނާނީ އޯގަސްޓް އެއްވަނަ ދުވަހުއެވެ.

އެމްއާރްއެމްގެ ފަރާތުން ޕްރައިމަރީގައި ވާދަކުރައްވާނޭ ކަމަށް އަޑުފެތުރިފައިވާ އެއް ބޭފުޅަކީ ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނެވެ.

އެމްއާރްއެމްއަކީ މިވަގުތު 3000 މެމްބަރުން ހަމަނުވެގެން، އިލެކްޝަންސް ކޮމިޝަނުން އުވާލަން ނިންމާފައިވާ ޕާޓީއެއްކަން ފާހަގަކޮށްލެވެއެވެ.