މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން، ޖުލައި މަހުގެ 25ވާ އަންގާރަ ދުވަހުގެރޭ އިސްލާމީ މަރުކަޒު މައިދާނުގައި ބާއްވަވާ ގޮތަށް ހަމަޖައްސަވައިފިއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، މިއަހަރުގެ ރަސްމީ ބައްދަލުކުރެއްވުމަށް ވަރަށްގިނަ އަދަދެއްގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދަޢުވަތު ފޮނުއްވަމުން އެބަ ގެންދާކަމަށެވެ.

އޭގެ ތެރޭގައި ރައީކަން ކުރެއްވި ބޭފުޅުންނާ ދައުލަތުގެ ޚިދުމަތުގައި މިހާރު ތިއްބެވި ބޭފުޅުންނާ، ދައުލަތަށް ޚިދުމަތްކުރެއްވި ވަޒީރުފެންވަރުގެ ބޭފުޅުންނާ، ގައުމީ އިނާމްލިބިފައި ތިއްބެވި ބޭފުޅުންނާ، ޕާޓީތަކުގެ ވެރީންނާއީ ބޭރުގެ ޢިއްޒަތްތެރީން ވެސް ހިމެނޭކަމަށް ރައީސް އޮފީހުން ބުނެއެވެ.