ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޒުވާނުންގެ ވޯޓު ވަރަށް މުޙިއްމަދު ކަމަށާއި، ޒުވާނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ ހިންގުމުގެ ތަޖްރިބާހުރި މީހަކާ ވެރިކަން ހަވާލުކޮށްގެންކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެވެ.

ހުކުރުދުވަހުގެ ރޭ ސިނަމާލެ ބްރިޖް ޕްލެޓްފޯމްގައި ޖޭޕީގެ ފަރާތުން ވަނީ ޒުވާނުންނަށް ޚާއްސަ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ގާސިމް ވިދާޅުވީ، "2023ގެ ރިޔާސީ އިންތިޚާބުގައި އަޅުގަނޑަށް ޒުވާނުންގެ ވޯޓުވެސް ނުހަނު ބޭނުން" ކަމަށެވެ.

ޖޭޕީގެ "18-35 އަހަރާ ދެމެދުގެ ޒުވާނުން" ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް ގާސިމް ވަނީ ޝުކުރުއަދާކުރައްވައިފައެވެ.

"ޒުވާނުންނަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަނެވޭނީ، ޤައުމު ހިންގުމުގެ ތަޖްރިބާ ހުރި ވެރިޔަކު ޤައުމުގެ ރައީސްކަމަށް އިސްކޮށްގެން،" ހާސްކަނޑާލާ، ހަމަޖެހޭނެ ހޭޝްޓެގާއެކު ޤާސިމްކުރެއްވި ޓްވީޓްގައިވެއެވެ.