އިދިކޮޅު ސިޔާސީ ލީޑަރު ރައީސް ޢަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅު އިއްތިހާދު، ޕްރޮގްރެސިވް ކޮންގްރެސްގެ ލީޑަރުން ޖުމްހޫރީ މައިދާނަށް އިޙްތިޖާޖުކުރަން އެއްވެއްޖެއެވެ.

ޖުމްހޫރީ މައިދާނަށް އެއްވި ކޮންގްރެސްގެ މެންބަރުންގެ ތެރޭގައި، ޕީޕީއެމްގެ ނައިބުރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޝިޔާމާއި، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދާއި، ޕީއެންސީގެ ނައިބުރައީސް އިބްރާހީމް ޝުޖާޢުއާއި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމްޝަރީފު ޢުމަރާއި، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ހިމެނެއެވެ.