ދަ ޑިމޮކްރެޓްސް އިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ ޖުލައި 28ގައި ބާއްވަން ހަމަޖައްސައި، ޝައުގުވެރިވާ ފަރާތްތަކަށް ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ބުރާސްފަތި ދުވަހު ޑިމޮކްރެޓްސް އިން ކުރި އިޢުލާނުގައި ވަނީ، "މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް ބާއްވާޕްރައިމަރީ 28 ޖުލައި 2023 ވާ ހުކުރު ދުވަހުގެ 14:00 އިން 18:00އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައި" ކަމަށެވެ.

އެގޮތުން މި ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެބޭފުޅެއްގެ ވަނަވަރާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު، ހ. މައިޒާންދޮށުގޭ 10ވަނަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ މައި އިދާރާއަށް، ނުވަތަ [email protected] އަށް އީމެއިލްކުރުމަށް ވަނީ އެދިފައެވެ. މިކަނަށް ދީފައިވާ ސުންގަޑިއަކީ، 22 ޖުލައި 2023ގެ 16:00އެވެ.

ދި ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވޯޓްލެވޭނީ، މި އިއުލާނު ޝާޢިއުކުރުމާ ހަމައަށް، އެ ޕާޓީގެ މެންބަރަކަށް ވުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށްވެސް އިއުލާނުގައި ވެއެވެ.