ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ނުދިނުމަށް އިދިކޮޅުން ވަރުގަދަ ކެމްޕޭނެއް ފަށާފައިވާއިރު، އަލަށް އުފެދުނު ޑިމޮކްރެޓްސްގެ ސަރުކާރެއް އުފެދިއްޖެ ނަމަ، މިހާރު ރައްޔިތުންގެ އަތުން ނަގަމުން އަންނަ ޖީއެސްޓީ ކުޑަކުރާނޭކަމަށް ހެންވޭރު މެދު ދާއިރާގެ މެންބަރު، ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅުގައި އާޒިމް ވިދާޅުވީ، "އަޅުގަނޑުމެންގެ ރައްޔިތުން، ޓެކްސްޕޭޔަރުން އެދައްކާ ޓެކްސް ހަގީގަތުގައި، އެދަނީ އެމީހުންގެ ޖީބަށް ލަމުން، އެމީހުން އެދަނީ އެ ޖީބަށް ލަމުން" ކަމަށެވެ.

އޭނާ ވިދާޅުވީ "ހަމަ ތަކުރާރުކޮށް، އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ މިރާއްޖެއަށް ވަންނަ ތިރައްޔިތުން، އަޅުގަނޑުމެންގެ ރައްޔިތުން މިދޭ ފައިސާ އެމީހުން، ހަމަ ސީދާ އެމީހުންގެ ޖީބަށް ލަނީ." ކަމަށެވެ.

އާޒީމް ވިދާޅުވީ، ސަރުކާރުގައި ތިބެ، "އެމީހުން އުފާވެރިކަން އެބުނާހެން އެބަ ހޯދާކަން ވަރަށް ސާފުކޮށް އެބަ އެނގޭ ކަމަށެވެ.

"އެހެން ނަމަވެސް ރައްޔިތުން އުޅެނީ ނިކަމެތި ދަތި ހާލުގައި ކަން އަޅުގަނޑުމެން އެންމެން ގަބޫލުކުރާން ޖެހޭނެ،" ކަމަށެވެ.

މީގެ އިތުރުން ދެން ކޮންމެ އަހަރަކު ހަދާގޮތަކީ، ޖީއެސްޓީ ބޮޑުކޮށްލަނީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ޔަގީން އަޅުގަނޑުމެންގެ އެބައޮތް ސިޔާސަތެއް. އިރާދަކުރެއްވިއްޔާ ޖީއެސްޓީ އަޅުގަނޑުމެން ތިރިކުރުން އެއީ ޑިމޮކްރެޓްސްގެ ސިޔާސަތެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެސިޔާސަތު ތަންފީޒުކުރާނަން. އަޅުގަނޑުމެންގެ ވެރިކަމެއްގައި ޖީއެސްޓީ އަޅުގަނޑުމެން ދަށްކުރާނަން، ތިރިކުރާނަން، ތިރިކުރާނަން. އެއީ ޔަގީންކަމެއް އިރާދަކުރެއްވިއްޔާ،" ރައީސް ނަޝީދު ދަ ޑިމޮކްރެޓްސްއާ ގުޅުނު ފޯރިގަދަ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވިއެވެ.