ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް އިދިކޮޅުފަރާތްތަގެ ހުރި ކަންބޮޑުވުންތައް ކޮމަންވެލްތުގެ ޕްރި-އިލެކްޝަން އެސެސްމެންޓް މިޝަނާ އިދިކޮޅުން ހިއްސާކޮށްފިއެވެ.

ޕީޕީއެމް/ޕީއެންސީ ހިއްސާވާ ޕްރޮގްރެސިވް ކޯލިޝަނުން ބުނީ، އެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޢަބްދުﷲ ޔާމީންއަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ސިޔާސީގޮތުން ކުރަމުންދާ އުނދަގޫތަކުގެ ކަންބޮޑުވުންތައް ކޮމަންވެލްތުގެ މިޝަނާ ހިއްސާކޮށްފައި ވާނޭ ކަމަށެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުޑަތަން ވެފައިވާއިރު، އިންތީޚާބާ ގުޅޭ، ކަންބޮޑުވާވަރުގެ އެތަކެއް މައްސަލަތަކެއް ހުރިކަން ފާހަގަކޮށް އެކަންކަންވެސް ކޮމަންވެލްތުގެ މިޝަނާ ހިއްސާކޮށްފައި ވާނޭކަމަށް ޕީޕީއެމުން ބުނެއެވެ.